![](https://framerusercontent.com/images/6LNa3GkEZcA87o84YwysOu6X76M.png)
![](https://framerusercontent.com/images/K6HBee41WssYRmB2UgEtgWpNypI.jpg)
![](https://framerusercontent.com/images/rfezL2YCgTnitWC3ZJACGvKs.png)
![](https://framerusercontent.com/images/6LNa3GkEZcA87o84YwysOu6X76M.png)
![](https://framerusercontent.com/images/6LNa3GkEZcA87o84YwysOu6X76M.png)
![](https://framerusercontent.com/images/aDiH4AERxdIT7NRkkmJoVQ4O4.jpg)
![](https://framerusercontent.com/images/rfezL2YCgTnitWC3ZJACGvKs.png)
![](https://framerusercontent.com/images/kiOKxyEOc4MJ3lrD34pLLsvpEVw.png)
![](https://framerusercontent.com/images/zIjljEgQx3iG5E0esmg9Cw26mj8.png)
ފަސްފަހަތް
އަޅުގަނޑުގެ ބައްޕަ، އަލްމަރްޙޫމް ގޯނބިލި މުޙައްމަދު ޝަމީމަކީ ރީތިކޮށް ތާނައާއި ޢަރަބި ލިޔުއްވި މީހެކެވެ. ޚައްޠާޠެކެވެ. "ހަވީރު" ނޫސް އަތުން ލިޔެގެން ނެރުނުއިރު، އެނޫސް ލިޔުއްވުމުގައި ކޮންމެ ދުވަހަކު އެތައް ވަގުތެއް ހޭދަކުރެއްވިއެވެ. އެނޫންވެސް އެތައް އެތައް މަޖައްލާއަކާއި ފޮތްތައް އަތުން ލިޔުއްވާފައި ހުންނާނެއެވެ. ބައްޕަ ލިޔުއްވަން އިންނަވާއިރު، މޭޒުގެ އެއްފަރާތުގައި ފަންސުރެއް ދީފައި އަޅުގަނޑު ބައިންދާފައި އިންނަ ހަނދާންވެއެވެ. އެހެން ބޭންދުމުގެ ސަބަބުން ލިޔުމުގެ ޝައުޤުވެރިކަން އޮތީ އަށަގެންފައެވެ. ސިކުނޑިއަށް އަންނަ ޚިޔާލުތައް، ދިވެހި ބަހުން ލިޔުމަކީ އަޅުގަނޑު ކުރާ ހިތްވާކަމެކެވެ. ލިޔެފައި ހުންނަ އެއްޗެހީގެ ޖަޒުބާތީ އަދި ޖާދުވީ ބާރު އަޅުގަނޑަށް އިހުސާސްކުރެވެއެވެ.
އަޅުގަނޑުގެ އަތުލިޔުމަކީ ވަރަށް ގިނަ އަހަރުތަކެއްގެ އުފެއްދުމެކެވެ. ތަފާތު ގޮތްގޮތަށް ބަދަލުވަމުން އައިސް، މިހާރު އޮތްގޮތަށް އިސްތިޤުރާރުވެފައި އޮތީއެވެ. ފަހުން އަދި ބަދަލުވަމުންވެސް ދާނެއެވެ. ނަމަވެސް މިހިނދަށް، ދިވެހި ބަހަށް ކޮށްދެވޭނެ ޚިދުމަތެއްގެ ގޮތުން، ލޫޕްކްރާފްޓް ޕްރައިވެޓް ލިމިޓެޑުން ފައުޅުކުރެއްވި ޝައުޤުވެރިކަމާއެކު ލިބުނު ފުރުޞަތުގައި، މިފޮންޓު ޢާންމުންނަށް ދޫކޮށްލެވޭނެ ގޮތެއް ހޯދީއެވެ. ބައްޕަގެ ހަނދާންތައް އައުކުރަމުންނެވެ.
ދިވެހި ބަހުގެ އެކަޑަމީއިން 2023 ވަނަ އަހަރު ބޭއްވި ޤައުމީ އަތުލިޔުމުގެ މުބާރާތުގައި އަޅުގަނޑު ބައިވެރިވީމެވެ. އަޅުގަނޑު މުބާރާތުގައި ބައިވެރިވީ، އަވަސް ލިޔުމަކީވެސް ލިޔުމުގެ ބާވަތެއް ކަމުގައިވާތީ، ޤައުމީ ފެންވަރުގައި މިލިޔުމުގެ ގޮތްބާވަތް ދައްކާލުމުގެ ފުރުޞަތެއް ލިބޭނޭކަމުގެ އުއްމީދުގައެވެ. މުބާރާތުގެ ގަވާއިދު އޮތްގޮތުން ވަނައެއް ނުލިބޭނެކަން އެނގިހުރެއެވެ. ވަނައެއް ނުލިބުނަސް، އަޅުގަނޑު ހުށަހެޅި ލިޔުން ހިތްގައިމުކަމަށް ފަނޑިޔާރުން ދެކެވަޑައިގެން، ޢާންމުންނަށް ދައްކާލުމަށް ލިޔުންކޮޅު ބަހައްޓާފައި ހުއްޓެވެ. މިފޮންޓަކީ، އަޅުގަނޑުގެ އާޓެވެ.
![](https://framerusercontent.com/images/l6gVArFhvJrCGDngJ9Hhyht2EYQ.png)

މަގޭ ހުސޭނު
އަޅުގަނޑުގެ މަންމައަކީ ކަޅުބެ ޢުމަރުގެ ޢަޒީޒާއެވެ. މާލިމީ މުޙައްމަދާއި ކަަޅުބެ ޢަބްދުއްލަޠީފުގެ އެއްބަނޑު އެއްބަފާ ކޮއްކޮއެވެ. މަންމަގެ 10 ކުދިން ތިބެއެވެ. އަޅުގަނޑަކީ 8 ވަނަ ދަރިއެވެ. އަޅުގަނޑުގެ ދޮއްޓަށް 5 އުޚުތުންނާއި 2 އަޚުން ތިބެއެވެ. އަޅުގަނޑަށްވުރެ ހަގަށް، އަޚަކާއި އުޚުތެއް އެބަހުއްޓެވެ. ނަމަވެސް، މިއިން އެއްވެސް ކުއްޖެއްގެ ނަމުގެ ކުރިއަށް ނަންއިތުރެއްގެ ގޮތުގައި 'މަގޭ' ލައިގެން މަންމަ ވާހަކައެއް ނުދައްކަވައެވެ. ހުސޭނަކީ މަގޭ ހުސޭނެވެ. ދެން ތިބޭނީ މިގޭ ޙާމިދާއި، މިގޭ ޙުމައިދާއާއި މިގޭ ނުޒުހަތާއި އެހެން ކުދިންނެވެ. މަގޭ ހުސޭނަކީ މަގޭ ހުސޭނެވެ.

ލިޔުންތެރިކަމުގެ ހުނަރު އަށަގަންނަން މެދުވެރިވީ ބައްޕަގެ ފަރާތުން ކަމަށް ވިޔަސް، މިނަން މަންމައާ ގުޅުވީ، ބައްޕައަށް އެގޮތަށް އިންނަވައިގެން ލިޔުއްވުނީ މަންމަގެ މުރާލިކަމާއި ހީވާގިކަމުގެ ސަބަބުންކަމަށްވާތީއެވެ. 10 ކުދިންގެ ހުރިހާ ކަމެއް ކުރައްވަމުން، ބައްޕަގެ ލިޔުމުގެ މަސައްކަތަށް ބޭނުންވާ ހުރިހާ ކަމެއް އިންތިޒާމުކޮށްފައި ނުބެހެއްޓެވިނަމަ، ބައްޕައަކަށް ލިޔުއްވާކަށް ނުއިންނެވުނީހެވެ. އަޅުގަނޑަކަށް އެތަނުގައި އިނދެގެން ކަންކަން ދަސްކުރާކަށް ފުރުޞަތެއްވެސް ނުލިބުނީހެވެ.

ޕްރޮސެސް
![](https://framerusercontent.com/images/B5zst4CTbDiZZSztfNkVnlmmDM.jpg)
![](https://framerusercontent.com/images/8SDNAHD0CernmtnvHCUcziQL1G4.jpg)
![](https://framerusercontent.com/images/klzxQbzlO3oG8oGfLkaZQmnrnho.jpg)

![](https://framerusercontent.com/images/pjlfadV259XIFqHNc9PElVDFG1E.jpg)

![](https://framerusercontent.com/images/2nE8XneLk7vUttyxmGhoW7cA3BY.jpg)

![](https://framerusercontent.com/images/FMVdxPiCrBonakaMpVfKvZOblM.jpg)

![](https://framerusercontent.com/images/2pODHZQDz7dqGmCXzFjeoZyIpIY.jpg)

A product by
Loopcraft
ޙުސައިން ޝަމީމު
ޙުސައިން ޝަމީމު