NEW FONT
ދަނބުމާ

ލޫޕްކްރާފްޓްގެ "ރާއްޖެޓައިޕް"ގެ މަސައްކަތް އޮންލައިން ޕްލެޓްފޯރމްތަކުން ފެނުމުން ލޫޕްކްރާފްޓްއާއި ބައްދަލުކޮށް ބައްޕަގެ އަތުލިޔުން ހިއްސާކުރީމެވެ. ލޫޕްކްރާފްޓުން އަޅުގަނޑުމެންގެ މި މަސައްކަތް ކުރިއަށް ގެންދިއުމުގެ ޝައުޤުވެރިކަން ފައުޅުކުރިއެވެ. "ދަނބުމާ" ފޮންޓު ވުޖޫދު ކުރެވޭއިރު އަޅުގަނޑުމެންގެ ލޯބިވާ ބައްޕަ ވަނީ މި ދުނިޔެ ދޫކުރައްވާފައެވެ. އަދި މި ޚިޔާލު ބައްޕައާއި ހިއްސާކުރެވޭ ގޮތެއްވެސް ވެފައެއް ނެތެވެ. އެހެންނަމަވެސް ބައްޕަގެ މި ޝައުޤުގެ ހަނދާން އައު ކުރުމަށްޓަކައި "ލޫޕްކްރާފްޓް" އިން ކޮށްދެއްވި ފުރިހަމަ އަގުހުރި މަސައްކަތް ޝުކުރުވެރިކަމާ އެކު ޢާއިލާއިން ފާހަގަކުރަމެވެ. އަދި "ލޫޕްކްރާފްޓް"ގެ އެހީއާއެކު ބައްޕަގެ މި ހުވަފެނުގައި ކުލަޖައްސާލަދެވޭތޯ އަޅުގަނޑުމެން މި ދަނީ މަސައްކަތް ކުރަމުންނެވެ.
"ލޫޕްކްރާފްޓް" އިން ފަރުމާކޮށްދެއްވާފައިވާ މި ހިތްގައިމު ފޮންޓް ބޭނުންކޮށްގެން، ބައްޕަގެ ކައްކާފޮތެއް މާތްﷲގެ އިރާދަފުޅާއެކު ކިޔުންތެރިންނާއި ހަމައަށް ގެނެސްދޭނަމެވެ. "ދަނބުމާ" ފޮންޓް މި ތަޚުޞީސް ކުރަނީ އަޅުގަނޑުމެންގެ ލޯބިވާ ބައްޕަ ދަނބުމާ ފާއިޒަށެވެ. އަދި އަޅުގަނޑުމެންގެ ލޯބިވާ ކޮއްކޮ ޢަބްދުލް މުހީތު (ބޮބީ)ގެ ހަނދާން އާކުރުމުގެ ގޮތުން މި ފޮންޓު ލޯންޗުކުރެވިގެން މި ދަނީ ބޮބީގެ އުފަންދުވަހު (10 އޮގަސްޓު 2025) ގައެވެ.
ބައްޕައާއި ބޮބީއަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކުރައްވާށިއެވެ. އާމީން.
- ދަނބުމާ ފެމިލީ
"ދަނބުމާ" ފޮންޓު ރަމްޒުކޮށްދެނީ އަޅުގަނޑުމެންގެ ލޮބުވެތި ބައްޕަ އަލްމަރުޙޫމް މުޙައްމަދު ފާއިޒް (ދަނބުމާ ފާއިޒު) ގެ އަތުލިޔުމެވެ.
ބައްޕަ އަމިއްލަ އަތުން ލިޔުއްވާފައިވާ ރެސިޕީ ފޮތް، ބައްޕަގެ ދުނިޔޭގައި އަޅުގަނޑުމެންނާ ހަވާލުކުރައްވާފައި ވެއެވެ. ހުރިހާ ކުދިން އެފޮތުގެ ކޮޕީއެއް ހެދުމަށް އެދިލެއްވިއެވެ. މި ދެންނެވި ފޮތުގައި ބައްޕަގެ އަމިއްލަ ރެސިޕީތަކާއި ކުރީގެ މަޝްހޫރު ރެސިޕީތައް (ރެސިޕީ ކިޔައިދެއްވި ބޭފުޅުންގެ ރިފަރަންސްއާ އެކު) އަދި ވަކި ފަރާތަކާ ޙަވާލާނުދީ ހުރި ރެސިޕީތައް ވެސް ހިމެނެއެވެ.
ބައްޕަގެ ރެސިޕީ ފޮތެއް ތައްޔާރުކުރުމުގެ ޚިޔާލު އުފަންވީ އެހިސާބުންނެވެ. ބައްޕަގެ ރީތި އަތުލިޔުއްވުމުން ލިޔުއްވާފައިވާ އޮތް ފޮތް އަޅުގަނޑުމެން ބެލީ އެ އޮތްގޮތަށް ސްކޭން ކޮށްގެން ޗާޕުކުރެވޭ ތޯއެވެ. އެއީ ބައްޕަގެ ލިޔުން ރީތިކަމުންނެވެ. ދެފުށުގައި ލިޔުއްވާފައި ހުރުމުން، ފޮތުގެ ގަނޑުތައް ތުނިކަމުން އެކަން އެގޮތަށް ނުކުރެވުނެވެ. އަޅުގަނޑުމެން ދެން ވިސްނީ "ލޫޕްކުރާފްޓް" އާ ވާހަކަދައްކައިގެން ބައްޕަގެ އަތުލިޔުން ރަމްޒުކޮށްދޭ ފޮންޓެއް ހެދުމަށްފަހު، މިފޮތް ޝާޢިއުކުރާށެވެ.
ބައްޕަ އެދިލައްވާފައިވަނީ މިފޮތުން އެއްވެސް މާލީ މަންފާއެއް ބައްޕަގެ އެއްވެސް ކުއްޖަކު ނުހޯދުމަށެވެ. ނަމަވެސް ފޮތް ޗާޕުކޮށްގެން ވިއްކަނީ ނަމަ، އެ ލިބޭ ފައިދާއެއް ޞަދަޤާތްކުރަން ބައްޕަ އެދިލެއްވިއެވެ.
ބައްޕަގެ ރީތިކޮށް ލިޔުމުގެ މި ޝައުގާއެކު އެކިއެކި ލިޔުންތައް ނަކަލުކޮށް ބައްޕަ އަމިއްލައަށް ލިޔުއްވާފައި އެތަކެއް ލިޔުންތައް ހުރިއިރު އެންމެ އިސްކަމެއް ދެއްވާފައިވަނީ "ދީނީ" ލިޔުން ނަކަލު ކުރެއްވުމަށެވެ.
އަޅުގަނޑުމެންގެ ބައްޕަ މި ދުނިޔެ ދޫކުރެއްވި އިރު އަނބިކަނބަލެއްގެ ގޮތުގައި އިންނެވި ޢިނާޔާ އަޙްމަދު ފާހަގަ ކުރާ ގޮތުގައި ކޮންމެ ދުވަހަކު ވެސް ކޮންމެވެސް ވަގުތެއް ބައްޕަ އެއްޗެއް ލިޔުއްވުމުގައި ހޭދަކުރައްވައެވެ. ނަމަވެސް އަޅުގަނޑުމެން 23 ކުދިންގެ ތެރެއިން އަޅުގަނޑުމެންގެ އެންމެ ހަގު ކޮއްކޮ، ޢަބްދުލް މުހީތު ("ބޮބީ") ނިޔާވުމަށްފަހު، ބައްޕަގެ ދިރިއުޅުމަށް އައި ހިތާމައާއި މޮޅިވެރިކަމުގެ ސަބަބުން، ބައްޕަ ވަރަށް ބޮޑަށް މާޔޫސްވެ ބަލިވެ، މި ފަންނާ ދުރުހެލިވިއެވެ.

READ MORE

ހޯރަފުށީ މުޙައްމަދު ސަލީމްގެ ގަލަމުން ދަނބުމާ މުޙައްމަދު ފާއިޒް
މިއީ ގ. ވޭރު އަލްމަރްހޫމް މުޙައްމަދު ފާއިޒް (ދަނބުމާ ފާއިޒް) ގެ އަތުލިޔުން ރަމްޒުކޮށްދޭ ފޮންޓެކެވެ. އަލްމަރްޙޫމް ފާއިޒަކީ ހޮބީއެއްގެ ގޮތުގައި އަމިއްލަ އަތްޕުޅުން އެތައް ލިޔުމެއް، ވަރަށް ރީތިކޮށް ލިޔުއްވި ކެލިގްރާފަރެކެވެ. ޢަރަބި ތާނަ ރީތިކޮށް ލިޔުއްވުމަކީ ފާއިޒް ވަރަށް ލޯބިކުރެއްވި ފަންނެކެވެ. އެކަން ޔަޤީންވަނީ އެބޭފުޅާ ލިޔުއްވާފައިވާ ގިނަ ލިޔުއްވުންތަކެއް "މޮނިޓަރ" ފޮތްތަކެއްގައި ރައްކާކުރެވިފައި ވާތީއެވެ.
ފާއިޒްވަނީ ކާބޯތަކެތި ތައްޔާރު ކުރާނޭ ގޮތުގެ އެތައް ރެސިޕީތަކެއް ރިވެތިކޮށް އަމިއްލަ އަތްޕުޅުން ލިޔުއްވައި ފޮތެއްގެ ސިފައިގައި، އޭނާގެ ދަރިންނަށް ހަދިޔާ ކުރައްވާފައެވެ. މި ފޮތުގައި ފާއިޒްގެ އަމިއްލަފުޅު ރެސިޕީތައް ވެސް ހިމެނިފައިވެއެވެ.
ތ. ހިރިލަންދޫ ދޮންއަލީއާއި ފ. ހިމިތީ މަރްޔަމްފުޅުގެ ކާވެންޏަށް ލިބިފައިވާ މަރްޙޫމް މުޙައްމަދު ފާއިޒް މަޝްހޫރު ވެފައިވަނީ ހޮޓާ ހިންގެވި ބޭފުޅެއްގެ ގޮތުގައެވެ. މިގޮތުން މާލޭގައި ހިންގެވި "ދަނބުމާ ހޮޓާ" ތަކަކީ އޭނާގެ ވިޔަފާރީގެ ބްރޭންޑް ނަމެކެވެ. މީގެ އިތުރުން މާލޭގެ އެކި ސަރަޙައްދުތަކުގައި ކެފޭއާއި ރެސްޓޯރަންޓްގެ ޚިދުމަތުގެ އިތުރުން ކައިވެނި ޙަފްލާތަކުގައި ކޭޓަރިންގްގެ ޚިދުމަތް ވެސް ދެއްވިއެވެ.
ފާއިޒަކީ ތަފާތު ފަންނުތަކަށް ލޯބިކުރެއްވި ބޭފުޅެކެވެ. އޮލިމްޕަހުގެ ސީ.ޑީ.ސް ޑްރާމާ ތަކުގައި ހުނަރުވެރި ޙަރަކާތްތައް ތަމްސީލް ކުރެއްވިއެވެ. މީގެއިތުރުން އަތަމާ ޙައްޖު ގްރޫޕުގައި ޙައްޖުވެރިންގެ ޚިދުމަތުގައި ކުރެއްވި މަސައްކަތްޕުޅުތަކާއި، މައްޗަންގޮޅި އަވަށު އޮފީހުގައި އަވަށަށް ކޮށްދެއްވި އިޖުތިމާޢީ ޚިދުމަތްތައް ފާހަގަކޮށްލެވެއެވެ.
ފާއިޒް ޤައުމަށް ކޮށްދެއްވި ޚިދުމަތްތަކަށް ބަލާއިރު، ޕޯސްޓް އޮފީސް، ފިނޭންސް، އެގްރިކަލްޗަރ ފަދަ ދާއިރާތަކުގައި މަސައްކަތް ކުރައްވާފައިވެއެވެ. 1960 ގެ ފަހުކޮޅު އަމިއްލަފުޅު ގޭގައި "މަދަރުސަތުލް އިބްތިދާއިއްޔާ" ގެ ނަމުގައި ހިންގެވި މަދަރުސާ އަކީ ވެސް ފާހަގަކޮށްލެވޭ އަގުހުރި ޚިދުމަތެކެވެ. އޭނާއަކީ މި ދެންނެވި މަދަރުސާގެ ނާޒިރެވެ.
2024 ގެ މާރިޗު މަހުގައި ފާއިޒް މި ދުނިޔެ ދޫކުރެއްވިއިރު 12 ބަނޑުގެ 22 ކުދިން ދުނިޔޭގައި އެބަތިއްބެވެ.

ދަނބުމާ ފޮންޓަކީ ލޫޕްކްރާފްޓްގެ ފޮންޓް ފައުންޑްރީ ކަމުގައިވާ ރާއްޖެޓައިޕްއާއި އަލްމަރްޙޫމް މުޙައްމަދު ފާއިޒް (ދަނބުމާ ފާއިޒް) ގެ އާއިލާ ގުޅިގެން އުފައްދާފައިވާ ތާނަ ފޮންޓެކެވެ. މި ފޮންޓް ބޭނުން ކުރުމަށް އެއްވެސް އަގެއް ދައްކާކަށް ނުޖެހޭނެއެވެ. ދުޢާއަކީ އަލްމަރްޙޫމް މުޙައްމަދު ފާއިޒަށް މާތްﷲ ރަޙްމަތް ލެއްވުމެވެ.

A product by
Loopcraft
ދަނބުމާ
A product by
Loopcraft
ދަނބުމާ